އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ މަގާމުތަކަށް މެމްބަރުން އިންތިހާބުކުރުން އަންނަ އަންގާރަ ދުވަހު އޮންނާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލީހުގެ ޕީޖީ ގްރޫޕުގެ މަގާމުތަކަށް ވާދަކުރަން ބޭނުންވާ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން އަންނަ ހޯމަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.

  • ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު
  • ޕާލިމެންޓަރީ ގްރޫޕްގެ ނައިބު ލީޑަރު
  • ޕާލިމެންޓަރީ ގްރޫޕްގެ ނައިބު ލީޑަރު
  • ސެކްރެޓަރީ ޖެނެރަލް
  • ސެކްރެޓަރީ ޖެނެރަލްގެ ނާއިބު
  • ޗީފް ވިޕް
  • ވިޕް
  • ވިޕް

ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް ނެގީ ވެރިކަން ކުރާ ޕީއެންސީންނެވެ.