މި އަހަރުގެ ރާއްޖޭހެ ހައްޖު މިޝަންގައި ހިމެނޭ ބޭފުޅުން ސައުދީ އަރަބިއްޔާ އަށް ފުރައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ހައްޖު މިޝަންގައި ހިމެނޭ ބޭފުޅުންނަކީ ހާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަމަޖައްސާ ބޭފުޅުންނެވެ.
ދިވެހި ހާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސައުދީގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް އެ މިޝަނުން ކުރަމުންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ހައްޖާޖީންގެ އިންތިޒާމްތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމަށް އެކުލަވާލި ހައްޖު މިޝަންގައި ހިމެނެނީ ހަތް ބޭފުޅުންނެވެ. އޭގެ އިތުރުން ޑޮކްޓަރަކާއި މިނިސްޓްރީގެ މީޑިއާ ހިމެނޭހެން ޖުމުލަ ނުވަ ބޭފުޅުން ވަނީ ހައްޖު މިޝަންގެ މެމްބަރުންގެ ގޮތުގައި މިއަދު ފުރައިފައެވެ.
- އުސާމް މުހައްމަދު
- މުހައްމަދު ޝަކީލް
- ޑރ. އަހުމަދު އަސްލަމް އަބުދުﷲ
- މުހައްމަދު ރަމީޒް
- އަހުމަދު އަދީލް
- އަބުދުލް އަޒީޒު އިސްމާއީލް
- ޖަންނަތު ސައީދު
- ޒަމްއަތު އަހުމަދު ވަހީދު
- އިބްރާހީމް އަކްމަލް
މިއަހަރުގެ ހައްޖާޖީން ފުރަތަމަ ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުއެވެ. މިއަހަރުގެ ހައްޖުގެ އަޅުކަމަށް ރާއްޖެއިން 1000 މީހުން ފުރުމަށް ވަނީ ހަމަޖެހިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު