މާފަންނުގެ ގެއެއްގެ ގްރައުންޑް ފްލޯގައި މަރުވެފައި އޮތްވާ މިއަދު ފެނިފައިވަނީ ގެއްލިގެން ހޯދަމުންދާ މއ. ބޯޅަކިންކިރިމާގެ، އަހުމަދު އައިމަން (30އ) ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ މަރުވެފައި އޮއްވާ ފެނުނު މީހާ ދެނެގަތުމަށް ސައިންޓިފިކް އެނަލިސިސްތަކެއް ހެދުމަށްފަހު، އެއީ އައިމަންކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުން، އައިމަން އެންމެ ފަހުން ފެނުނީ މި މަހުގެ 16 ވަނަ ދުވަހުގެ 21:30 ހާއިރު، އޭނާ ދިރިއުޅޭ ގެއިންނެވެ. ނަމަވެސް އޭނާ ގެއްލިގެން ހޯދާކަން ފުލުހުން ހާމަކުރީ އޭގެ ހަތަރު ދުވަސް ފަހުން މިއަދުއެވެ.