ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއާއެކު، ހެލްމެޓް ނާޅައި ބުރިޖުގައި ދުއްވި ދެ މީހުން ޖޫރިމަނާކޮށްފިއެވެ.
ސިނަމާލެ ބުރިޖު މަތިން ހެލްމެޓް ނާޅައި ދެ މީހަކު ސައިކަލުގައި ދަނިކޮށް، މީހަކު ނަގާފައިވާ ވީޑިއޯއެއް ދާދި ފަހުން ވަނީ އާންމުވެފައެވެ. އެ ވީޑިއޯއާއެކު ގިނަ ބަޔަކު ވަނީ އެ ދެ މީހުންނަށް ފާޑުކިޔައި، ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.
އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އިން މިއަދު ބުނީ ސިނަމާލެ ބުރިޖުގައި ހެލްމެޓް ނާޅައި ސައިކަލު ދުއްވި މީހާ އާއި އެ ސައިކަލުގެ ފަހަތުގައި އިން މީހާއާ މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅައި، ދެ މީހުން ވެސް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމީހުން ޖޫރިމަނާކޮށްފައިވަނީ ކިހާ އަދަދަކުން ކަމެއް ފުލުހުން ނުބުނެއެވެ.
ޖޫރިމަނާކުރުމުގެ އިތުރުން އެފަދަ ކަންކަން ނުކުރުމަށް ވެސް އެ ދެ މީހުންނަށް ނަސޭހަތްތެރިވެފައިވާ ކަމަށާއި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް، ގާނޫނާއި ގަވާއިދާ ހިލާފު އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު