ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދު ތަރައްގީކުރަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން މިއަދު ބުނީ އެ ސަރަހައްދު ތަރައްގީކުރުމުގެ ގޮތުން އެ ސަރަހައްދުގައި އާންމުންގެ އެކި ފަރާތްތަކުން ހަދާފައިވާ ހަޓްތައް ނެގުމަށް އަންގާ ކަމަށެވެ. އެހެންވެ އެ ހަޓުތައް މިމަހުގެ 30 ގެ ކުރިން ނެގުމަށް އަންގާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
މިމަހުގެ 30 ވަނަ ދުވަހުގެ ހަޓްތައް ނުނަގައިފިނަމަ އެޗްޑީސީގެ ފަރާތުން އެތަކެތި ނަގައި އެ ސަރަހައްދު ސާފުކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ. ސާފުކުރުމުގެ ތެރެއިން ތަކެއްޗަށް ލިބޭ ގެއްލުމުގެ ޒިންމާ ނުނަގާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
"ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގެ ރުއްގަނޑު 3 ގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތަކާއި އެތާނގައި ބަހައްޓާފައިވާ ތަކެތި 30 މެއި ގެ ނިޔަލަށް ނަގަން އަންގައިފިއެވެ. މި ސަރަހައްދުގައި ވަގުތީގޮތުން ހަދާފައިވާ ހަޓްތައް ނަގަނީ މި ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް،" އެޗްޑީސީން ބުންޏެވެ.
ބީޗް ސަރަހައްދުގައި އެކި ފަރާތްތަކުން ހަޓްތައް ހަދާފައިވަނީ ވިޔަފާރީގެ ބޭނުމަށް ކަމަށާއި ނަމަވެސް އެއީ ތަރައްގީކުރުމުގެ މަރުހަލާގައިވާ ސަރަހައްދެއް ކަމަށް އެޗްޑީސީން ބުންޏެވެ. އެ ސަރަހައްދު މިހާރު ބޭނުންކުރަމުންދާ ގޮތުގެ ސަބަބުން ތަން ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ގިނަ ދަތިތަކެއް ދިމާވާ ކަމަށް އެޗްޑީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު