އުރީދޫ ނޭޝަން ގޭމާސް ލޭންޑުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެޕެކްސް ލެޖެންޑްސް ސީރީޒް އެކްސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އުރީދޫން މިއަދު ބުނީ އެޕެކްސް ލެޖެންޑްސް ސީރީޒް އެކްސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 8:00 ގައި ކަމަށެވެ.
އޮންލައިންކޮށް ކުރިއަށްގެންދާ އެ މުބާރާތް އުރީދޫ ނޭޝަންގެ ޔޫޓިއުބް ޗެނަލުން ލައިވްކުރާނެ ކަމަށް އުރީދޫން ބުންޏެވެ.
އެ މުބާރާތުގެ ޕްރައިޒް ޕޫލަކީ 10000 ރުފިޔާއެވެ. އަދި އެއްވަނަ ހޯދާ ޓީމަށް 4000 ރުފިޔާ ލިބިގެންދާނެއެވެ.
މިއަހަރު "އަލްޓިމޭޓް ޕްލޭޔާ" ޓްރޮފީއަށް ވާދަކުރުމުގެ ފުރުސަތު ހުރިހާ ބައިވެރިންނަށްވެސް ހުޅުވާލެވޭނެ ކަމަށް އުރީދޫން ބުންޏެވެ. "އަލްޓިމޭޓް ޕްލޭޔާ" އަކީ ގޭމަރުންގެ ތެރެއިން ހޮވާލެވޭ މޮޅު ފަންނާނެއް ކަމަށާއި އެ ފަރާތަކީ އެހެން ކުޅުންތެރިންނަށް ނަމޫނާ ފަރާތަކަށް ވެގެންދާނެ ކަމަށެވެ. މިއީ ރާއްޖޭގައި މިފަދަ ފަންނާނެއް ހޮވޭ ފުރަތަމަ ފަހަރު ކަމަށް އުރީދޫން ބުންޏެވެ.
"ބެޓަލް ރޯޔާލް" ގޭމުތަކުގެ ތެރެއިން އެޕެކްސް ލެޖެންޑްސް އަކީ ދުނިޔޭގައި އެންމެ މަގުބޫލު އެއް ގޭމެވެ. އަދި ރާއްޖޭގައި ވެސް އެންމެ މަގުބޫލުކަމާއެކު ކުޅޭ އެއް ގޭމު ކަމަށް އުރީދޫން ބުންޏެވެ.
ގޭމަރުންގެ މެދުގައި އެންމެ މަގުބޫލު ނެޓްވޯކު، އުރީދޫ މޯލްޑިވްސް އިން މިއަހަރަށް ރާވާފައިވަނީ ހާއްސަ ޝައުގުވެރި މުބާރާތްތަކެކެވެ.
ޚަބަރު
ޚަބަރު