މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) އިން މިއަހަރު ހައްޖަށް ފޮނުވާ ފަސް މުވައްޒަފުން ހޮވައިފިއެވެ.

އެމްޕީއެލްގައި މިއަދު އެކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ލިބުނު މުވައްޒަފުންނަށް، ލިޔުން ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމެވެ.

  • އިލްޔާސް މުހައްމަދު – އެސިސްޓަންޓް އެގްޒެކުޓިވް
  • އަހުމަދު ރަޝާދު – ސްޕެޝަލިސްޓް އިންޖިނިއާ
  • އަހުމަދު އުންމީދު – ސާވިސް އިންޖިނިއާ
  • މުހައްމަދު ނަބީލް – އޮޕަރޭޝަންސް އެގްޒެކެޓިވް
  • ޒަކަރިއްޔާ އިބްރާހިމް – ލީޑް އެގްޒެކެޓިވް

އެމްޕީއެލްގެ ހައްޖާއި އުމްރާ ޕޮލިސީގެ ދަށުން ކޮންމެ އަހަރަކުވެސް ފަސް މުވައްޒަފުން ހައްޖަށް އަދި ތިން މުވައްޒަފުން އުމްރާއަށް ފޮނުވައެވެ.