ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ބާއްވާ އުފާ ފެސްޓިވަލުގެ ދެވަނަ ދުވަހު އުރީދޫ މޯލްޑިވްސްގެ ފޯރިގަދަ ހަރަކާތްތަކެއް ރާވައިފިއެވެ.
އެ ހަރަކާތްތަކުގެ މައުލޫމާތުދެމުން އުރީދޫން މިއަދު ބުނީ ސެންޓްރަލް ޕާކުގައި މާދަމާ ހަވީރު 4:00 އިން ފެށިގެން އެ ކުންފުނިން ރާވާފައިވާ "ވޯޓާ ފަން" ކުރިއަށްދާނެ ކަމަށާއި އެ ހަރަކާތް ކުރިއަށްދާނީ ފެނާއި ކުލަޔާއި ފޯމް ހިމަނައިގެން ކުދަކުދިންނަށާއި އާއިލާތަކަށް ބައިވެރިވެވޭގޮތަށް ކަމަށެވެ.
އެ ހަރަކާތުގައި އަމިއްލަ ފެން ބަޑިއެއް ހިފައިގެން އެ މަޖަލުގައި ބައިވެރިވުމަށް ހުރިހާ ކުދިންނަށްވެސް އުރީދޫގެ ހާއްސަ ދައުވަތެއް އަރުވާ ކަމަށާއި ފޯމް ޕާޓީއަށް ފަހު ރޭގަނޑު ރީތިވެލައިގެން އާއިލާއާއި ރައްޓެހިންނާއެކު ފިލްމު ބަލާލުމަށްވެސް ސެންޓްރަލް ޕާކަށް އައުމަށް ދައުވަތު އަރުވާ ކަމަށެވެ. އަދި އެ ހިތްގައިމު މާހައުލުގައި އެންމެން އެކީ "ވުޑީ ވުޑްޕެކާ ގޯޒް ޓު ކޭމްޕް" ބަލައިލުމަކީ އެ ފެސްޓިވަލް ފުރިހަމަކޮށްދޭނެ ކަމެއް ކަމަށް ވެސް އުރީދޫން ބުންޏެވެ.
އުރީދޫ މޯލްޑިވްސް އާއި ޖެންޑާ މިނިސްޓްރީ އަދި އެޗްޑީސީ ގުޅިގެން ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދެ ދުވަހަށް ދެމިގެންދާ "އުފާ ފެސްޓިވަލް" ކުރިއަށްދާނީ މިއަދާއި މާދަމާ، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު