މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން މަޝްރޫއެއް މިއަދު ފަށައިފިއެވެ.
އެ މަޝްރޫއު އިފުތިތާހު ކޮށްދެއްވީ އެކަމަށްޓަކައި ވެސްޓްޕާކް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނެވެ.
އެ ރަސްމިއްޔާތުގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ބްްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) އަލީ ޒުހައިރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އާއި އަސްކަރިއްޔާ އިސްބޭފުޅުންނާއި ސަރުކާރު އިސް ފަރާތްތައް ބައިވެރިވެވަޑައިގަތެވެ.
މިއީ މާލޭގައި ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށް ލޯކަލް ގަވަރުމަންޓް މިނިސްޓްރީން ދިވެހި ސިފައިންނާ ހަވާލުކުރި މަޝްރޫއެކެވެ. އެ މަޝްރޫއު ދިވެހި ސިފައިންގެ ފަރާތުން ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެއްބާރުލުމާއެކު ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން ފުރަތަމަ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ނިންމާފައި ވަނީ ވެސްޓް ޕާކު ސަރަހައްދުގައެވެ.
އާރުޑީސީން ބުނީ، އެ މަޝްރޫއުގެ ދަށުން ވެސްޓްޕާކް ސަރަހައްދުގައި އުފެދޭ ފެން ބޭރުކުރުމަށް ހަރުކުރަންޖެހޭ ވަސީލަތްތައް ހަރުކުރާނެ ކަމަށެވެ. އަދި އެ ނޫންވެސް ސަރަހައްދުތަކުގައި އެ މަސައްކަތްތައް ކުރާނެ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު