ފޮރިން މިނިސްޓަރު މޫސާ ޒަމީރު އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރުއާ ބައްދަލުކުރައްވައިފިއެވެ.
އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ބޭއްވި އެ ބައްދަލުވުމަށްފަހު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ބައިނަލްއަގުވާމީ މައިދާނުގައިވެސް އިންޑިއާއާއި ރާއްޖެއާ ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
އެ ބައްދަލުވުމުގައި ޖައިޝަންކަރު ވަނީ، ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއާއެކު ގުޅުން ބަދަހިކުރަން އިންޑިއާ އިން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ޒަމީރު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރަކީ، ފޮރިން މިނިސްޓަރުކަމުގައި އޭނާ އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު