ބިދޭސީން ޓެކްސީ ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޓެކްސީ ކުރާ ބިދޭސީންގެ އަދަދު އިތުރުވެފައިވާ އިރު، ޓެކްސީތަކުން އެކި އަގު ނަގާ މައްސަލަ އާއި ގަވައިދާ ހިލާފަށް މީހުން އަރުވާ މައްސަލަ ވަނީ ބޮޑުވެފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ،، ގަވައިދާ ހިލާފަށް ޓެކްސީ ކުރުމުގައި ބައިވެރިވާ ބިދޭސީންނާ ދޭތެރޭ ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، ބޮޑެތި އަގުތައް ނަގާ ޓެކްސީ ޑްރައިވަރުންނަށްވެސް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެއެވެ.
ޓެކްސީ ގަވާއިދުގައި ބުނާގޮތުން ބިދޭސީ ޑްރައިވަރުންގެ ތެރެއިން ޓެކްސީ ކުރުމުގެ ލައިސަންސް ދޫކުރެވޭނީ، ދިވެހި ދައުލަތުގެ ރެޒިޑެންޓް ވިސާ ލިބިފައިވާ، ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއަކަށެވެ.
ގަވައިދާ ހިލާފަށް ޓެކްސީ ކުރާ ނަމަ ފުރަތަމަ ފަހަރު ކުރަނީ 500-750 ރުފިޔާގެ ޖޫރިމަނާއެކެވެ. އެ އަދަދު ޖޫރިމަނާކުރާ ކޮންމެ ފަހަަރަކު ބޮޑުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު