މ. އަތޮޅުގެ ރަށްތަކަށާއި ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، އެކުވެރި ފުޓްސަލް ޗެލެންޖް މިއަހަރު ޖުލައި 26 ވަނަ ދުވަހު މ. ދިއްގަރުގައި ފަށަން ތައްޔާރުވެއްޖެއެވެ.
މިދިޔަ އަހަރުވެސް ފޯރިގަދަކޮށް ފެނިގެންދިޔަ އެކުވެރި ފުޓްސަލް ޗެލެންޖްގެ މިއަހަރު މުބާރާތުގައި ބައިވެރިވާން މިހާރު ވަނީ ހުޅުވާލައިފައެވެ. އެގޮތުން މ. އަތޮޅުގެ ރަށްރަށާއި ރިސޯޓްތައް އަދި އެހެނިގެން ޓީމުތަކަށް، މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފޭސްބުކް ޕޭޖު މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ.
އެކުވެރި ފުޓްސަލް ޗެލެންޖް މިއަހަރުވެސް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު، މުބާރާތުގެ މައިގަނޑު މަގުސަދަކީ މ. އަތޮޅުގައި އެކުވެރިކަމުގެ ރޫހެއް އާލާކޮށް، ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން ގާއިމު ކުރުމެވެ. އޭގެ އިތުރުން އެ އަތޮޅުގައި ފުޓްސަލް އިތުރަށް ކުރިއަރުވައި، އަތޮޅާއި ގައުމީ ފެންވަރުގެ ކުޅުންތެރިން މ. އަތޮޅުގައި އުފެއްދުމަކީވެސް އެކުވެރި ފުޓްސަލް ޗެލެންޖްގެ އަމާޒެކެވެ.
މިއީ އެކުވެރި ފުޓްސަލް ޗެލެންޖް ބާއްވާ ދެވަނަ އަހަރެވެ. މިދިޔަ އަހަރު މުބާރާތުގެ ފައިނަލްގައި ނާލާފުށި ޔޫތު ކްލަބާއި އެފްސީއެން ވާދަކޮށް، ތަށި ހޯދީ އެފްސީއެންއެވެ. މިއަހަރުގެ ޗެމްޕިއަން ޓީމަށްވެސް 20،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅައިފައެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް