މިދިޔަ މަހުގެ 28 ވަނަ ދުވަހުން މިމަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ޗިކުންގުންޔާގެ 117 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިރޭ ބުނީ ރާއްޖެއިން މިހާތަނަށް ވަނީ ޗިކުންގުންޔާގެ 240 ކޭސްއެއް ފެނިފައި ކަމަށެވެ. މިދިޔަ މަހުގައި ޗިކުންގުންޔާގެ 117 ކޭސް އެއް އަދި މިމަހުގެ މިހާތަނަށް ޗިކުންގުންޔާގެ 58 ކޭސް ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެ ބަލީގެ ކޭސްތައް އެންމެ ގިނައިން ފެނިފައިވަނީ މާލޭ ސަރަހައްދުންނެވެ. އެގޮތުން މާލެއިން 193 ކޭސް އަދި ހުޅުމާލެއިން ވަނީ ޗިކުންގުންޔާގެ 40 ކޭސް ފެނިފައެވެ. ހއ. އަތޮޅުން ދެ ކޭސް ފެނިފައިވާ އިރު، ށ. އަތޮޅު، ބ. އަތޮޅު އަދި ލ. އަތޮޅުން ވަނީ ޗިކުންގުންޔާގެ އެއް ކޭސް ފެނިފައެވެ.
ޗިކުންގުންޔާއަކީ ޑެންގޫ ހުން ފަތުރާ އީޑީސް މަދިރިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލި ޖެހުމުން ހުޅުހުޅުގައި ރިއްސައި ބައެއް ފަހަރު ހުޅު ދުޅަވެ އެކަމުގެ އުނދަގޫ ބަލި ރަނގަޅުވި ނަމަވެސް ގިނަ ދުވަސްތަކަކަށް ދެމިގެންދެއެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރި ހަފާތާ 3-7 ދުވަސް ތެރޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު