ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ބެޑްމިންޓަން ކުޅުންތެރިޔާ، މުހައްމަދު އަޖުފާން ރަޝީދު ހިންގަމުންދާ އަަޖްފާން އިންޓަރނޭޝަނަލް ބެޑްމިންޓަން އެކެޑަމީ (އައިބާ) އިން ސްރީ ލަންކާގެ ދަ ރައިސިން ސްޓާ ބެޑްމިންޓަން އެކަޑަމީއާއެކު ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ލަންކާގައި ސޮއިކުރި އެއްބަސްވުމުގައި އަޖުފާން އެކަޑެމީ ފަރާތުން ސޮއިކުރެއްވީ ފައުންޑާ، ނުވަ އަހަރުގެ ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ އަޖުފާނެވެ. ރައިސިން ސްޓާ ބެޑްމިންޓަން އެކަޑަމީގެ ފަރާތުން ސޮއިކޮށްފައި ވަނީ ލަންކާގެ ގައުމީ ޗެމްޕިއަން، 2018 ވަނަ އަހަރު ކޮމަންވެލްތު ގޭމްސް ގެ ހަތަރު ވަނަ ހޯދި ލަންކާގެ ބެޑްމިންޓަން ކުޅުންތެރިޔާ ބުވެނެކޭ ގޫނެތިލެކާއެވެ.
ރައިސިން ސްޓާ ބެޑްމިންޓަން އެކަޑަމީއަކީ ލަންކާގެ ގައުމީ ޓީމުގެ މިހާރުގެ ކުޅުންތެރިންނާއި ކުރީގެ ޗެމްޕިއަނުންގެ މައްޗަށް އެކުލެވޭ ހުނަރުވެރި ކޯޗިން ޓީމަކާ އެކު ޕްރޮފެޝަނަލް ކުޅުންތެރިން ތަމްރީނު ކުރުމުގައި ފާހަގަކޮށްލެވޭ އެކަޑެމީއެކެވެ. އޭގެ އިތުރުން އެ އެކަޑެމީގެ ހެޑް ކޯޗަކީ، އިންޑޮނޭޝިއާ އާއި މެލޭޝިއާގެ އިތުރުން މޮރިޝަސް އަދި ސްރީ ލަންކާގެ ގައުމީ ޓީމަށް ކޯޗުކަން ކޮށްދީފައިވާ ތަޖުރިބާކާރު ކޯޗެކެވެ.
އަޖުފާން އެކަޑެމީގެ ފަރާތުން ބުނެފައި ވަނީ އެއްބަސްވުމާ އެކު ދެ ފަރާތުން ވެސް ޕްރޮފެޝަނަލް ކެޕޭސިޓީ އިތުރުކޮށް، ކުޅުންތެރިންނާއި އޮފިޝަލުންގެ ތަމްރީނުތަކަށް ހާއްސަ ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އޭގެ އިތުރުން އަޖުފާން ބުނެފައި ވަނީ މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ އޭނާއަށް އަމިއްލަ ގޮތުން ހޯދުނު މޮޅެއްގެ އިތުރުން ބެޑްމިންޓަނަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ.
އަޖުފާން އެކަޑެމީގެ 20 ކުދިން އިންޑިއާ، ސްރީ ލަންކާ އަދި މެލޭޝިއާގައި މިހާރުވެސް ތަމްރީނު ވަމުންދެއެވެ. އައިބާގެ ރާއްޖެއިން ބޭރު ކޭމްޕްތަކުގެ މަގުސަދަކީ އެކެޑަމީގެ ދަރިވަރުންނަށް އިތުރު ތަމްރީނުގެ ފުރުސަތު ފަހިކޮށްދިނުމާ އެކު ތަފާތު މާހައުލެއްގައި ތަމްރީނު ހޯދުމުގެ ފުރުސަތު ކުދިންނަށް ފަހި ކޮށްދިނުމެވެ. އަދި އެކުދިންނަކީ ހުނަރުވެރި ބެޑްމިންޓަން އެތުލީޓުންނަށް ހަދައިދިނުމަށް މަސައްކަތް ކޮށްދިންވެސް އެއީ ކޭމްޕްގެ މަގުސަދެކެވެ. އަޖުފާން އެކަޑެމީން މައުލޫމާތު ދީފައިވާ ގޮތުގައި ކޭޕްތަކުގައި ކުދިންގެ ޓްރެއިނިންތައް ކުރިއަށް ގެންދާނީ އިންޓަނޭޝަނަލް ފެންވަރުގެ ކަމުގެ ތަޖުރިބާ ހުރި ކޯޗުންނާ އެކުގައެވެ.
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން