އއ. ހިމެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެ މަޝްރޭއު ކުރިޔަށްގެންދާ އެމްޓީސީސީން އިއްޔެ ބުނީ، ހިމެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް، އެ މަސައްކަތަށް ބޭނުންވާ ސާމާނު އިއްޔެ އެ ޕްރިޖެކްޓު ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން، 43,200 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި 110 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން 235 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި 240 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި 20 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސިން ބުންޏެވެ.
އެ މަޝްރޫއުގެ އަގަކީ 24.54 މިލިއަން ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު