ހުޅުމާލޭގައި ހިންގި މާރާމާރީއެއްގެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިރޭ 9:00 ޖެހިއިރު ހުޅުމާލޭގައި އިންޑިއާގެ ބަޔަކާއި ދިވެހީންގެ ބަޔަކާ ދެމެދު މާރާމާރީ ހިންގައިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. މާރާމާރީގައި އަނިޔާވި ދެ މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލެ ޕާކު ތެރޭގައި ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށާއި ދެން ތިބި މީހުން ދެނެގަނެ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ މާރާމާރީގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.