އދ. ހިމެނޭ ގޮތުން އަށް ގައުމަކަށް ސަފީރުން އައްޔަންކުރުމަށް އަށް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެ ބޭފުޅުންނަކީ ސަފީރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ރުހުން ހޯއްދެއްވުމަށް އެދިވަޑައިގެން މަޖިލީހަށް ފޮނުއްވި ބޭފުޅުންނެވެ.
- އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް މ. ކޮތަންމާގެ މުހައްމަދު ހުސައިން ޝަރީފް (މުންދު)
- އޫއެންއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުކަމަށް ގދ. ގައްދޫ ބެންހާގެ ޑރ. އަލީ ނަސީރު މުހައްމަދު
- އިނގިރޭސި ވިލާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ހ.އޯކިޑް ޑރ. އިރުތިޝާމް އާދަމް
- ސްރީީލަންކާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް މ. ތުޅާގިރި މަސްއޫދު އިމާދު
- މެލޭޝިއާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް މ. ރުއްފުށި ޝަބީނާ އަހްމަދު
- ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަން އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް މ. ގީލާވިލާ ގީލާ އަލީ
- ޖެނިވާގައި ހުންނަވާ އދ. ގެ އޮފީސްތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުކަމަށް މ. ވިލާދަށުގޭ ޑރ.ސަލްމާ ރަޝީދު
- ސިންގަޕޫރަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް މއ. ދިލާސާގޭ މުހައްމަދު ލުވައިޒް
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު