އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ނިއުކާސަލް އަތުންވި ބޮޑު ބައްޔާއެކު ޝެފީލްޑް ޔުނައިޓެޑް ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެއްޖެއެވެ.
ނިއުކާސަލް ދަނޑުގައި މިރޭ ޝެފީލްޑް ބަލިވީ 5-1ގެ ނަތީޖާއަކުންނެވެ. ޝެފީލްޑް ލީގު ތާވާލުގެ ފުލުގައި އޮތީ 35 މެޗުން 16 ޕޮއިންޓާ އެކުގައެވެ. އެ ޓީމުން މި ސީޒަނުގައި މިހާތަނަށް ކުޅުނު މެޗުތަކުން 25 މެޗުން ވަނީ ބަލިވެފައެވެ. އަދި ހަތް މެޗުން އެއްވަރުވި އިރު، ޝެފީލްޑަށް މޮޅުވެވުނީ އެންމެ ތިން މެޗުންނެވެ.
ޝެފީލްޑަށް ބާކީ އެންމެ ތިން މެޗު އޮތްއިރު، އެ ޓީމު އޮތީ 17 ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށްވުރެ 10 ޕޮއިންޓް ފަހަތުގައެވެ. ޝެފީލްޑް ކޮޅަށް މި ސީޒަނުގައި 97 ގޯލު ވަދެފައިވާ އިރު، އެ ޓީމަށް ސީޒަން ދިޔައީ މާޔޫސް ކޮށެވެ.
ރޭ ޝެފީލްޑުން ކުޅުނު މެޗުގައި ނިއުކާސަލް ކައިރިން ބަލިވި އިރު، އެ މެޗުގައި ނިއުކާސަލްގެ ގޯލުތައް ޖެހީ އެލެކްސެންޑްރާ އިސާކާއި ބްރޫނޯ ގިމަރޭސްގެ އިތުރުން ކަލުމް ވިލްސަންއެވެ. އިސާކް މެޗުގައި ދެ ގޯލު ޖެހި އިރު، ބެން އޮސްބާން އަތުން ބައިކޮޅަށްވެސް ގޯލެއް ވަނެވެ.
މެޗުގައި ޝެފީލްޑްގެ ހަމައެކަނި ގޯލު ޖެހީ އަނެލް އަހްމެދޮޒިޗެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު