ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، މިދިޔަ ރޯދަަ މަހުގެ ކަރަންޓް ބިލްތަކުން ޖުމުލަ 45 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނާއި ސްޓެލްކޯ އިން ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، ރައީސްގެ ނިންމެވުމާ އެގޮތަށް ރޯދަމަހުގެ ކަރަންޓާއި ފެނުގެ ބިލުތަކުން ޖުމުލަ 25 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާ ކަމަށެވެ. އެ ޑިސްކައުންޓް ދިނީ އެވްރެޖް ބިލަކަށްވާ ވަރަށް ކަމަށާއި އެ މިންގަނޑަށް ނުފެތޭ ބިލުތަކުންވެސް 10 ޕަސެންޓުގެ ޑިސްކައުންޓް ދީފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، ސްޓެލްކޯ އިން ބިލު ތައްޔާރުކުރާ ގޮތުން ރޯދަމަހުގެ އެއް ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހަށް ބިލު ނުހެދޭ ކަމަށާއި ނަމަވެސް ރޯދަމަހުގެ ދުވަސްތައް ހިމެނޭ ދެ ބިލުންވެސް ޑިސްކައުންޓް ދީފައިވާނެ ކަމަށެވެ.
އެގޮތުން ފެނާއި ކަރަންޓުގެ ޑިސްކައުންޓް ގޮތުގައި އެ ކުންފުނިން އެކަނިވެސް 20 މިލިއަން ރުފިޔާ ކަނޑައިދީފައިވާނެ ކަމަށް ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ، ރޯދަމަހުގެ ކަރަންޓު ބިލްތަކުން ޑިސްކައުންޓް ދިނުމަކީ ރައީސް ނިންމެވި ހިކުމަތްތެރި ނިންމެވުމެއް ކަމަށާއި ނަމަވެސް އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު