މިމަހު 16 ގައި ކުޅުދުއްފުށީގައި ހުރި ކެމްޕޭނު އޮފީހެއްގައި ހުޅުޖެހިކަމަށް ތުހުމަތުވާ މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

"ކުޅުދުއްފުށި ސިޓީގައި ހުރި ކެމްޕޭނު އޮފީސްގައި އަލިފާން ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތުހުމަތުގައި 25 އޭޕްރިލް 2024 ވަނަ ދުވަހު 14:55 ހާއިރު 31 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި" ފުލުހުން ބުންޏެވެ.

އެ މީހާގެ ކޯޓު އަމުރުން އެގޭ ގޮތުގައި އެ މީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވަނީ މިއަދެވެ.

އެނގިފައިވާ ގޮތުގައި އަލިފާން ރޯކޮށްލާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު މަޖިލިސް އިންތިހާބު ކާމިޔާބުގައި ކުޅުފުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް އިންތިހާބުވި ފަރުހަތު މުހައްމަދުގެ ކެމްޕޭނު އޮފީހެއްގައެވެ. އޭނާއަކީ ޕީއެންސީގެ ކެންޑިޑޭޓެކެވެ.