ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ބެޑްމިންޓަން ކުޅުންތެރިޔާ، މުހައްމަދު އަޖުފާން ރަޝީދު ހިންގަމުންދާ އަަޖްފާން އިންޓަރނޭޝަނަލް ބެޑްމިންޓަން އެކެޑަމީ (އައިބާ)ގެ 20 ކުއްޖަކު، ތިން ގައުމަކަށް ތަމްރީނު ހަދަން ދާން ތައްޔާރުވެއްޖެއެވެ.
އަޖުފާން އެކަޑެމީގެ 20 ކުދިން އިންޑިއާ، ސްރީ ލަންކާ އަދި މެލޭޝިއާއަށް ދާން ފުރާނީ މާދަމާއެވެ. ތިން ގައުމަށް ބަހާލައިގެން ކުދިން ތަމްރީނުކުރަން އަޖުފާން ވިސްނާފައިވާ އިރު، ސްރީ ލަންކާއަށް ދާނީ 14 ކުދިންނެވެ. އަދި އިންޑިއާއަށް ދެ ކުދިން ދާން ނިންމާފައިވާ އިރު، ހަތަރު ކުއްޖަކު ތަމްރީނަށް ދާނީ މެލޭޝިއާއަށެވެ. ސްކޫލް ބަންދާ ދިމާކޮށް، އަޖުފާން އެކަޑެމީން ތަމްރީނު ކޭމްޕްތަކަށް ކުދިން ފޮނުވަނީ ބެލެނިވެރިންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކުގައި ކަމަށް އަޖުފާން ބުނެފައިވެއެވެ.
އަޖުފާން ބުނީ ގައުމުތަކަށް ތަމްރީނުތަކަށް ދާނީ ގިނައިން އަންހެން ކުދިން ކަމަށާއި އެއީ އަންހެން އެތުލީޓުންނަށް ހިތްވަރު ހޯދައިދެވޭނެ ކަމެއް ކަމަށް ފެންނަ ކަމަށެވެ.
އައިބާގެ ރާއްޖެއިން ބޭރު ކޭމްޕްތަކުގެ މަގުސަދަކީ އެކެޑަމީގެ ދަރިވަރުންނަށް އިތުރު ތަމްރީނުގެ ފުރުސަތު ފަހިކޮށްދިނުމާއެކު ތަފާތު މާހައުލެއްގައި ތަމްރީނު ހޯދުމުގެ ފުރުސަތު ކުދިންނަށް ފަހި ކޮށްދިނުމެވެ. އަދި އެކުދިންނަކީ ހުނަރުވެރި ބެޑްމިންޓަން އެތުލީޓުންނަށް ހަދައިދިނުމަށް މަސައްކަތް ކޮށްދިންވެސް އެއީ ކޭމްޕްގެ މަގުސަދެކެވެ. އަޖުފާން އެކަޑެމީން މައުލޫމާތު ދީފައިވާ ގޮތުގައި ކޭޕްތަކުގައި ކުދިންގެ ޓްރެއިނިންތައް ކުރިއަށް ގެންދާނީ އިންޓަނޭޝަނަލް ފެންވަރުގެ ކަމުގެ ތަޖުރިބާހުރި ކޯޗުންނާއެކުގައެވެ.
ކުދިންނާއެކު ސްރީ ލަންކާގެ ތަމްރީނު ކޭމްޕްގައި އައިބާގެ ފައުންޑާ އަޖުފާން ބައިވެރިވާން ނިންމާފައިވެއެވެ. އަޖުފާންގެ ދަތުރުގައި އެކަޑެމީގެ ރައީސްގެ ހައިސިއްޔަތުން، ލަންކާގެ ރެއިޒިން ސްޓާ އެކަޑެމީއާއެކު ހާއްސަ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމައިފައެވެ. ރެއިޒިން ސްޓާސްއާއެކު ވެވޭ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތްތަނުގައި ދެ އެކަޑެމީ ގުޅިގެން އަވައްޓެރި ސްރީލަންކާގައި ކުދިން ތަމްރީން ކުރުމުގެ ފުރުސަތުތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމަށް ވަނީ ރޭވިފައެވެ.
އައިބާ އެކަޑެމީގެ ތަމްރީނު ކޭމްޕްތައް ނިންމާލުމަށްފަހު އަނބުރާ ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 24 ވަނަ ދުވަހުއެވެ.
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން