އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޗެލްސީ އަތުން 5-0 އިން މޮޅުވެ، އާސެނަލުން ތާވަލްގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ހޯދައިފިއެވެ.

އާސެނަލް ތާވަލްގެ އެއްވަނައިގައި މިވަގުތު އޮތީ 34 މެޗުން 77 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް ލިވަޕޫލުން އާސެނަލަށްވުރެ މެޗެއް މަދުން ކުޅެ، 74 ޕޮއިންޓް ހޯދާފައިވާ އިރު، ތިންވަނައިގައި އޮތް މެންޗެސްޓާ ސިޓީވެސް ކުޅެފައި ވަނީ އާސެނަލަށްވުރެ ދެ މެޗު މަދުންނެވެ. އެޓީމު ތިންވަނައިގައި އޮތީ 32 މެޗުން 73 ޕޮއިންޓާއެކުގައެވެ.

އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗަށް ޗެލްސީން ނުކުތީ އެޓީމުގެ އެންމެ އިތުބާރު ކުޅުންތެރިޔާ ކޯލް ޕާމާ ނުލައެވެ. އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ޕާމާ ފެނިގެން ގޮސްފައިނުވާ އިރު، ހަތަރު ވަނަ މިނެޓުގައި އާސެނަލް ލީޑު ނެގިއެވެ. އެ ގޯލު ޖެހީ ބެލްޖިއަމްގެ ފޯވަޑް ލިއާންޑްރޯ ޓްރޮސާޑެވެ. ފުރަތަމަ ހާފުގައި މޮޅަށް ކުޅުނު އާސެނަލަށް އެހާފުގައި އިތުރު ގޯލެއް ނުޖެހުނު ނަމަވެސް، ދެވަނަ ހާފުގައި ނުރައްކާ ބޮޑު ކުރިއެވެ.

ބެން ވައިޓާއި ކައި ހަވާޓްސްގެ ތަފާތު ފެނިގެން ގޮސްފައިވާ އިރު، އެ ދެ ކުޅުންތެރިންވެސް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ދެވަނަ ހާފުގައި ޖަހައިފައެވެ. އެ ގޯލުތަކުގެ އިތުރުންވެސް އާސެނަލަށް ގޯލު ޖަހާނެ ރަނގަޅު ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.

އަނެއްކޮޅުން މެޗުގައި ޗެލްސީގެ ފަރާތުން އޯވަރޯލް ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ޗެލްސީގެ ނިކޮލަސް ޖެކްސަންއަށް ލިބުނު ހުސް ފުރުސަތު އޭނާ އަތުންވީ ބޭކާރެވެ.