​​​އުރީދޫ މޯލްޑިވްސްގެ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް، ސީޒަން އެކެއްގެ ޗެމްޕިއަންކަން މުހައްމަދު ޒަމީލް ޒިހުނީ ހޯދައިފިއެވެ.

އުރީދޫ މޯލްޑިވްސްގެ އެ މުބާރަތް ކުރިއަށް ގެންދިޔައީ އުރީދޫ ހެޑްކުއާޓާސްގައި މިމަހުގެ 18 އިން 20 ގެ ނިޔަލަށެވެ.

އުރީދޫން ބުނީ އެ މުބާރާތުގައި ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށެވެ. އެ މުބާރާތް ކުރިއަށް ގެންދިޔައީ މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަނާ ގުޅިގެން ކަމަށެވެ.

އެ މުބާރާތުގައި ގަދަ ތިންވަނައަށް ދިޔަ ކުޅުންތެރިންނަށް ވަނީ ފައިސާގެ އިނާމު ދީފައެވެ.

  • ޗެމްޕިއަން: މުހައްމަދު ޒަމީލް ޒިހުނީ - 8،000 ރުފިޔާ
  • ރަނައަޕް: ރާއިދު ހަސަން 4،500 ރުފިޔާ
  • 2ވަނަ ރަނައަޕް: މުހައްމަދު ރިޝްފާން އަހުމަދު 2،500 ރުފިޔާ

އުރީދޫ ނޭޝަންގެ ފަރާތުން ރާވައިގެން ކުރިއަށް ގެންދިޔަ އެ މުބާރާތަކީ ރާއްޖޭގައި ކުރިއަރަމުންދާ އީ-ސްޕޯޓްސް ކޮމިއުނިޓީއަށް ހިތްވަރުދީ، އެންމެން އެއްތަނަކަށް ގެނެސް، ވާދަކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމުގެ ބޭނުމުގައި ކުރިއަށް ގެންދިޔަ މުބާރާތެއް ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑްގެ ކުރިއަށް ހުރި މުބާރާތްތައް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް އުރީދޫން ބުންޏެވެ.