ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން ވަކުކުރި މުންނިމް އަނީސް އަށް އަލުން އެ މަގާމު ދީފިއެވެ.

މުންނިމް މަގާމަށް އައްޔަންކުރީ ނޮވެމްބަރު 21، 2023 ގައެވެ. އޭނާ އެ މަގާމުން ވަކިކުރީ އޭގެ ދެ ދުވަސް ފަހުން ނޮވެމްބަރު 23، 2023 ގައެވެ. އޭނާ މަގާމުން އޭރު ވަކިކުރި ސަބަބެއް އަދިވެސް ސާފެއް ނުވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ވަނީ މުންނިމް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރިކަން އިއުލާންކޮށްފައެވެ. ނަމަވެސް އެ މަގާމަށް އޭނާ އައްޔަންކުރި ތާރީހެއް ނެތެވެ.