ދަ ޑިމޮކްރެޓްސްގެ ހުޅުމާލެ ދެކުނު ދާއިރާގެ ރައީސް، މުހައްމަދު އަފީފު، އެމްޑީޕީގެ ފަރާތުން ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާ ޑރ. ޝަމްހީދަށް، މަޖިލިސް އިންތިހާބުގައި ތާއީދު ކުރައްވަން ނިންމައިފިއެވެ.

އަފީފު މިއަދު ވިދާޅުވީ ޝަމްހީދަށް ތާއީދުކުރަން ނިންމެވީ ހުޅުމާލެ ދެކުނަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލު ކެންޑިޑޭޓަކީ ޑރ. ޝަމްހީދު ކަމަށްވުމުން ކަމަށެވެ.

މަޖިލީހުގެ ރައްޔިތުން ތަމްސީލު ކުރަން ބޭނުންވަނީ ޝަމްހީދު ފަދަ އިލްމީ މީހުން ކަމަށް އަފީފު ވިދާޅުވިއެވެ.

މީގެ އިތުރުން ދަ ޑިމޮކްރަޓްސް ޕާޓީގެ މެންބަރެއް ކަމަށްވާ ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގް ވެސް ވަނީ ހއ. ދިއްދޫ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ވަހީދުއަށް ތާއިދުކުރައްވަން ނިންމައިފައެވެ.