ފަތުރުވެރިކަމުގެ ވިޔަފާރި ހިންގުމަށްޓަކައި ހދ. ހަނިމާދޫ ޓޫރިޒަމް ޒޯނުން ހަތަރު ބިމެއް ކުއްޔަށް ދޭން ހުޅުވާލައިފިއެވެ.
ހަނިމާދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ޓޫރިޒަމް ޒޯނުން ދޫކުރަނީ 10،000 އަކަފޫޓުގެ ހަތަރު ބިން ކަމަށާއި އެ ބިންތައް ދޫކުރަނީ 50 އަހަރު ދުވަހަށް ކަމަށެވެ.
ހަނިމާދޫ ކައުންސިލުން ބުނީ އެ ބިންތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 19 ވަނަ ދުވަހުގެ 1:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރަންވާނެ ކަމަށެވެ. ބިޑް ގަތުމުގެ ފީއަކީ، 10،000 އަކަފޫޓުގެ ޕްލޮޓަކަށް 2،000 ރުފިޔާ ކަމަށްވެސް ބުންޏެވެ. އަދި އިތުރަށް ޕްލޮޓް ބޭނުންވާ ނަމަ ބޭނުންވާ އަދަދަކަށް ކޮންމެ ޕްލޮޓަކަށް އިތުރަށް 2000 ރުފިޔާ ދައްކަން ވާނެ ކަމަށްވެސް ބުންޏެވެ.
ހަނިމާދޫ ކައުންސިލުން ބުނީ، ބިޑް ރަޖިސްޓްރީ ފޯމާ އެކު ފީ ދެއްކުމުން ބީލަން ފޮތް ލިބޭނެ ކަމަށާއި ބިޑް ރަޖިސްޓްރީ ފޯމް މެއިލް ކުރާނަމަ [email protected] އަށް މެއިލް ކުރުން އެދޭ ކަމަށެވެ. އަދި ބީލަމުގައި ބައިވެރިވެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީވެފައިވާ ވިޔަފާރިތަކަށް އެކަނި ކަމަށްވެސް ބުންޏެވެ.
ހަނިމާދޫ ކައުންސިލުން އިތުރަށް ބުނީ، ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 19 ވަނަ ދުވަހުގެ 1:00ގައި އެ ކައުންސިލްގެ އިދާރާގައި ނުވަތަ ކައުންސިލުން އަންގާ ތަނެއްގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު