ނަސްލީތަފާތުކުރުމުގެ މައްސަލަތަކުގައި އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށާއި ބާރު އޮތް އިދާރާތަކުން އެކަމަށް މަސައްކަތް އިތުރުކުރަންޖެހޭ ކަމަށް ރެއާލް މެޑްރިޑްގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ބުނެފިއެވެ.
ބެލިންހަމް ކުޅެމުންދާ ރެއާލް އިން މިހާރުވެސް ވަނީ ނަސްލީތަފާތުކުރުމުގެ މައްސަލައެއް ތަހުގީގު ކޮށްދޭން ސްޕެއިން ލީގަށް ހުށަހަޅައިފައެވެ. އެއީ މަޔޯކާއާ ދެކޮޅަށް ރެއާލް އިން ކުޅުނު މެޗުގައި މަޔޯކާ ސަޕޯޓަރުންތަކެއް ރެއާލްގެ ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކުރުމަށް ޗޭންޓް ކުރި ކަމަށް ބުނެފައިވާ މައްސަލައެކެވެ. އޭގެ އިތުރުން ބެލިންހަމް އާއެކު ރެއާލަށް ކުޅޭ ވިނީޝިއަސް ޖޫނިއާއަށްވެސް ތަކުރާރުކޮށް ނަސްލީ ދިމާކުރުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.
ބެލިންހަމް ބުނީ ނަސްލީތަފާތުކުރުމަކީ ހަޑި، މުޑުދާރު އަމަލެއް ކަމަށާއި އެކަމަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
"ނަސްލީތަފާތު ކުރުމަކީ ހަޑި އަމަލެއް. ބާރު ލިބިފައިވާ އިދާރާތަކުން އަޅާ ފިޔަވަޅުތައް ހަރުކަށި ކުރަންޖެހޭ. ލަލީގާގައި ރަށުން ބޭރުގައި ކުޅޭ ގިނަ މެޗުތަކެއްގައި ނަސްލީ ދިމާކުރުންތަކާ ކުރިމަތިވޭ. އެއީ ވެގެންވާނެ ކަމެއް ނޫން. މި ޒަމާނުގައި ނަސްލީތަފާތުކުރުމާ ކުރިމަތިލާން ޖެހުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" ރެއާލުން މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ބެލިންހަމް ބުންޏެވެ.
ބެލިންހަމް ބުނީ މެޗެއްގެ ކުރިން ނަސްލީ ދިމާކުރުންތަކާ ކުރިމަތިލާން ކުޅުންތެރިޔަކަށް ތައްޔާރުވާން ޖެހުމަކީ ވެގެންވާނެ ގޮތެއް ނޫން ކަމަށާއި ނަސްލީ ދިމާކުރުންތަކުގެ ސަބަބުން ހުނަރުވެރި ކުޅުންތެރިން ފުޓުބޯޅަ އިން ގެއްލިދާނެ ކަމަށެވެ. އެހެންކަމުން ނަސްލީ ދިމާކުރުންތަކަށް ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް އޭނާ ބުންޏެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް