ލ. މާވަށު ބިން ހިއްކުމުގެ މަޝްރޫއު ފަށަން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން މިއަދު ބުނީ، މާވަށު ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، މިއަދު ޕްރޮޖެކްޓް ސައިޓް މޮބަލައިޒް ކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 508,816 ކިއުބިކް މީޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެ މަސައްކަތުގެ ދަށުން ސޭންޑް ސާޗް ސާވޭ ހެދުން ވެސް ހިމެނެއެވެ.
އެ މަޝްރޫގެ އަގަކީ 61.46 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި މާވަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، ކުރިން ނިންމާފައި އޮތް 15 ހެކްޓަރުގެ ބަދަލުގައި މާވަށަށް 30 ހެކްޓަރުގެ ބިން ހިއްކައިދެއްވާނެ ކަމަށެވެ. އަދި ބިން ހިއްކައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައްވެސް ހިންގައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މާވަށުގެ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު