ޓްރީޓޮޕް ހޮސްޕިޓަލުގެ މި އަހަރުގެ ހިތާނީ ކޭމްޕުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން މިއަދު ބުނީ، ހިތާނީ ކޭމްޕުގައި ނަން ނޯޓު ކުރެވޭނީ މިއަދުން ފެށިގެން އަންނަ މަހުގެ 15ގެ ނިޔަލަށް ކަމަށެވެ.
އެ ކޭމްޕުގައި ހަރަކާތްތެރިވާ ޑޮކްޓަރުންގެ ތެރޭގައި އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުން، ޑރ. ހުސެއިން ހަދިޔެވް، ޑރ. އުކްތަމް އަބްދުއްލާޔެވެ، ޑރ. މައުމޫން އާސިމް، ޑރ. އިބްރާހިމް މުއުމިން، ޑރ. މުހައްމަދު ޝަރީފް، ޑރ. އަބްދުﷲ އުބައިދުގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު، ޑރ. މެހްމެތު އޮޑާ ހިމެނިވަޑައިގަންނަވާނެ ކަމަށްވެސް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލްގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވީ، ކުރީގެ ހިތާނީ ކޭމްޕްތަކަށް ލިބުނު ފަދަ ބޮޑު ތަރުހީބެއް މި ފަހަރުވެސް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"މި ކޭމްޕް ކުރިއަށް ގެންދާއިރު ކުދިންނަށާއި މައިންބަފައިނަށް ހިތްހަމަޖެހޭ މާހައުލެއް އޮތުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް. މި ގޮތުން އެހެން އަހަރުތަކެކޭ އެއްފަދައިން މި ހިތާނީ ކޭމްޕަށް ހާއްސަ ޑޮކްޓަރުންގެ ޓީމެއްވެސް މި ވަނީ އެކުލަވާލާފައި،" އާދިލް މޫސާ ވިދާޅުވިއެވެ.
ހިތާނީ ޕެކޭޖުގެ އަގަކީ 5000 ރުފިޔާއެވެ. އަދި ކޮޓަރި އަޕްގްރޭޑް ކުރުމަށާއި ޕްރައިވެޓް ކޮޓަރިތަކަށް ހާއްސަ އަގުތަކެއް ހަމަޖެހިފައިވެއެވެ. ޓްރީޓޮޕްގެ ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް އަދި އިތުރު މައުލޫމާތު ހޯދުމަށް 3351610 ގުޅުމުން ލިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު