މިހާތަނަށް މި ސީޒަނުގައި 41 މެޗު ކުޅެފައިވާ ރޮޑްރީ، ރެސްޓް ބޭނުންވާ ކަމަށް އޭނާ ބުނެފިއެވެ.

މި ސީޒަނުގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިންގެ ތެރޭގައި ރޮޑްރީ ހިމެނޭ އިރު، އުމުރުން 27 އަހަރުގެ މިޑްފީލްޑަރު އެންމެފަހުން ކުޅުނު މެޗަކީ މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗަކީ މި މަސް ތެރޭގައި ސިޓީން ކުޅެން ޖެހޭ އަށް މެޗުގެ ތެރެއިން ތިން މެޗެވެ.

ބުރަ މެޗު ޝެޑިއުލާ ގުޅިގެން ސްޕެއިންގެ މިޑްފީލްޑަރު ބުނީ އޭނާ ކޮންމެހެންވެސް މިހާރު ރެސްޓް ބޭނުންވާ ކަމަށާއި އެކަމަށް ހައްލެއް ހޯދަން ގޮތެއް ވިސްނާނެ ކަމަށެވެ.

"އަހަރެންވެސް ރެސްޓް ބޭނުންވޭ. އެކަމަށް ހައްލެއް ހޯދާނެ ގޮތެއް ބަލައި ކޯޗުންނާވެސް ވާހަކަ ދައްކާނަން. އެކަމަކު ރެސްޓް ނުލިބޭނެ ގޮތަކަށް ކަންކަން އޮތް ނަމަ، އެ ރެސްޓް ނުނަގާވެސް އަހަންނަށް ކުޅެވިދާނެ. އެއީ އެކަން އޮންނާނެ ގޮތަކީ. އެޖަސްޓް ވެވޭނެ. އެހެންވިޔަސް ރެސްޓް ކުރަން މަސައްކަތް ކުރަން އެބަ،" ރޮޑްރީ ބުންޏެވެ.

ރެއާލް އާއި ސިޓީ ކުޅުނު މެޗު 3-3 އިން އެއްވަރުވެފައިވާ އިރު، ރޮޑްރީއާ އެކު ސިޓީ އެންމެ ފަހުން ބަލިވެފައި ވަނީ 429 ދުވަސް ކުރިންނެވެ. އޭގެ ފަހުން 66 މެޗު ސިޓީން ކުޅެފައިވާ އިރު، ރޮޑްރީއަކީ ސިޓީއަށް އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. ސިޓީން އިނގިރޭސި އެކިއެކި މުބާރާތްތަކުގައި މި ސީޒަނުގައި ރޮޑްރީ ނުލައި ކުޅުނީ އެންމެ ހަތަރު މެޗެވެ. އެއީ ސަސްޕެންޝަނުގެ ސަބަބުންނެވެ. ރޮޑްރީއާ ނުލައި ސިޓީން ކުޅުނު އެ ހަތަރު މެޗުންވެސް ވީ ބައްޔެވެ.