މާފަންނު ގެއެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ މިރޭ 8:30 އެހާކަންހާއިރު އަލިފާން ރޯވީ މ. ރަބީއުވިލާ ގޭގެ ހަތަރުވަނަ ބުރީގައި ކަމަށެވެ.
އެގޭގައި ރޯވި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި ބޭރަށް ފެންނަން ހުރި އިރު، އެމްއެންޑީއެފުން ބުނީ އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލާފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވާ ކަމަށްވެސް ބުންޏެވެ.
އެ ގޭގައި އަލިފާން ރޯވީ ކިހިނެތް ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ހާދިސާގައި އެ ގެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު