މާލޭގައި ފަގީރެއްގެ ބޮލަކަށް 8،000 ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓަރު އަދި ޒަކާތުގެ ހައުސްގެ ޗެއާމަން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މާލޭގައި ފަގީރުންގެ ގޮތުގައި ދަފުތަރު ކުރެވިފައިވާ ކޮންމެ މީހެއްގެ ބޭންކު އެކައުންޓަށް އެ ފައިސާ ޖަމާވާނެ ކަމަށެވެ.
"އެކި ސަބަބުތަކާ ހުރެ ޖަލުގައި ބަންދުވުމުގެ ސަބަބުން އަނބި ދަރިންނަށް ނިކަމެތިކަން މެދުވެރި ވެފައިވާ ފަރާތްތަކުގެ އާއިލާތަކަށްވެސް ފިތުރު ޒަކާތުން އެހީތެރިކަން ލިބޭނެ. ކުޑަކުދިންގެ ހިޔާއާއި ހާއްސަ އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކުގެ މަރުކަޒުގައި ތިބި ފަރާތްތަކަށްވެސް ފިތުރު ޒަކާތުން ލިބޭނެ،" ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ތާރީހީ ގޮތުން ބަލާއިރު ރާއްޖޭގައި ފިތުރު ޒަކާތް ބަހަމުން އަންނަނީ އެ ރަށަކުން ލިބޭ އެއްޗެހި އެ ރަށެއްގެ ފަގީރުންނަށް ކަމަށާއި އެ ރަށެއްގައި ފަގީރަކު ނެތް ނަމަ އެންމެ ގާތުގައި އޮތް ފަގީރުން ތިބި ރަށަކަށް ބަހާ ކަމަށެވެ. މި އަހަރު ފިތުރު ޒަކާތް ނެރުނުގެ މީހުންގެ އަދަދު އިތުރު ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު