މާލޭގައި ގުރޫޕަކުން މީހަކު ރަހީނުކުރުމަށްފަހު ފޭރިގެންފިއެވެ.
އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ 26 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ހާދިސާ ރިޕޯޓުގެ މައްޗަށް ބިނާކޮށްގެންނާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ 15 ދުވަހަށް ބަންދުކޮށްފައެވެ.
ފުލުހުން ކޯޓުގައި ބުނެފައިވަނީ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ފަރާތާއި އިތުރު ފަރާތްތަކެއް މީހަކު ގެއަކަށް ގެންގޮސް ރަހީނުކޮށްފައި އޭނާގެ އަތުން ފޭރުމުގެ ބޭނުމުގައި ތޫނު ހަތިޔާރަކުން ބިރު ދައްކާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު