އެ މަނިކުފާނު ވެވަވަޑައިގެންނެވި ވައުދުތައް ފުއްދޭނީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ސިލްސިލާކޮށް ގެނެސްދޭ "ރައީސްގެ ޖަވާބު" ގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނު ވެވަޑައިގެންނެވި ބައެއް ވައުދުތައް ފުއްދުމަށް ގިނަ ގާނޫނުތަކެއް ހަދަންޖެހޭ ކަމަށާއި އެހެންކަމުން އެ ވައުދުތައް ފުއްދުމަށް މަޖިލީހުގެ ދައުރު ބޮޑު ކަމަށެވެ.
"އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އެބަ އޮތޭ އިރާދަކުރެއްވީތީ އަޅުގަނޑުވީ ހުރިހާ ވައުދެއް މި ދައުރުގައި ފުއްދޭނެ އެހެން ނަމަވެސް ފުއްދުމަށްޓަކައި ބޭނުންވާ ކަންތައްތަކެއް އެބަހުރި. އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން. ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ނުލިބިއެއް މި ރާއްޖޭގައި މި ގާނޫނުއަސާސީގެ ތެރެއިން ރައްޔިތުންނަށް ކަންތައް ކޮށްދިނުމުގައި ސަރުކާރަށް ފުރިހަމަކަމާއެކު ކުރެވޭނެ ގޮތެއް ނޯވޭ. އެހެންވީމަ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން މުހިންމުވޭ" ރައީސް ވިދާޅުވި އެވެ.
ވައުދުތަކުގެ އެންމެ ބޮޑު ޕަސެންޓެއް ހިއްސާކުރަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދޭ ބަޖެޓުން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި އަހަރަށް ފާސްކުރި ބަޖެޓުގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތައް ހިމަނައިދެއްވުމަށް ފޮނުއްވި ނަމަވެސް މަޖިލީހުން ބަޖެޓް ފާސްކުރިއިރު ބައެއް މަޝްރޫއުތަކުގެ އަދަދުތައް ކުޑަކޮށް، ބައެއް މަޝްރޫއުތައް އުނިކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު