ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ބާއްވާ އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި، މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު ދަ ގްރާންޑޭ އާއި ހުޅުމާލެ ވެޓެރަންސް ކްލަބު ވާދަކުރަން ޖެހިއްޖެއެވެ.
ހެންވޭރު ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ގްރޫޕް ސްޓޭޖު އިއްޔެ ހަވީރު ނިމިފައިވާ އިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ގްރޫޕް ބީގެ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ވަނީ 2-2 އިން ސްޓެލްކޯ ކްލަބާ އެއްވަރު ކޮށްފައެވެ. އެ ނަތީޖާއާއެކު ދަ ގްރާންޑޭއަށް ވަނީ ގްރޫޕްގެ އެއްވަނަ ލިބިފައެވެ. އެ ގްރޫޕްގެ ދެވަނަ ހޯދީ މުއިވެޔޮ ފްރެންޑްސްއެވެ.
ގްރޫޕް އޭގެ އެއްވަނަ ސިފައިން ކްލަބުން ހޯދި އިރު، އެ ގްރޫޕްގެ ދެވަނައަށް ދިޔައީ ހުޅުމާލެ ވެޓެރަންސްއެވެ. އެހެންކަމުން ދަ ގްރާންޑޭ ސެމީގައި ނުކުންނަން ޖެހޭނީ ހުޅުމާލެ ވެޓެރަންސްއާ ދެކޮޅަށެވެ. އަދި ފުރަތަމަ ސެމީގައި ދިވެހި ސިފައިން ކްލަބު ނުކުންނާނީ މުއިވެޔޮ ފްރެންޑްސްއާ ދެކޮޅަށެވެ.
މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗު އޮންނާނި މާދަމާ ހަވީރު 4:10 ގައެވެ. އަދި ދެވަނަ މެޗު އޮންނާނީ އޭގެ އަނެއް ދުވަހު ހަވީރު 4:10 ގައެވެ. ދެމެޗުވެސް އޮންނާނީ ހެންވޭރު ދަނޑުގައެވެ.
ކުރީގެ ކުޅުންތެރިންނަށް ހާއްސަ ވެޓެރަންސް މުބާރާތުގެ ގަވާއިދުގައިވާ ގޮތުން، މިފަހަރުގެ މުބާރާތް ހާއްސަކޮށްފައި އޮތީ 40 އަހަރުން މަތީގެ ކުޅުންތެރިންނަށެވެ. އެކަމަކު، ކޮންމެ ޓީމެއްގައި ވެސް 35 އަހަރުން މަތީގެ ދެ ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮވެއެވެ.
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް