ހުޅުލެއިން ބްރިޖަށް އަރަންދިޔަ ޓެކްސީއަކުން، އެ ސަރަހައްދުގެ ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ އެކްސިޑެންޓުގެ ވީޑިއޯއިން ފެންނަ ގޮތުގައި، ފުލުސް މީހާ ހުރީ ހައިވޭ އާއި ބްރިޖާ ގުޅޭ ދިމާލުން މަގުގެ މެދުގައެވެ. އަދި ޓެކްސީގެ މިސްރާބު ބަދަލުކޮށްލި ވަގުތު ކޮންޓްރޯލުން ނެއްޓި ގޮސް ފުލުސް މީހާގެ ގައިގާ ޖެހުމުން އޭނާ ވިއްސައިގެން ގޮސް ވެއްޓޭތަން ފެނެއެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެކްސިޑެންޓުވި ފުލުސް މީހާގެ ހާލު ރަނގަޅު ކަމަށެވެ. އަދި ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު