ސިނަމާލެ ބުރިޖުގެ މެއިންޓެނަންސް މަސައްކަތްތައް ޗައިނާ ކޮމިއުނިކޭޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިން ފަށައިފިއެވެ.
ސިނަމާލެ ބުރިޖުގެ މެއިންޓެނަންސް މަސައްކަތްތައް ޗައިނާގެ ސީސީސީސީ ކުންފުންޏާ ހަވާލުކުރީ މިމަހުގެ 20 ވަނަ ދުވަހު ރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ އެއްބަސްވުމުގެ ދަށުން، ސިނަމާލެ ބުރިޖުގެ މެއިންޓެނަންސް މަސައްކަތް ސީސީސީސީ ކުންފުނިން ކުރިއަށް އޮތް ތިން އަހަރު ކުރާނެއެވެ. އޭގެ އިތުރުން އެ މަސައްކަތަށް ބެނުންވާ ދިވެހިން އުފެއްދުމާއި ތަމްރީނު ކުރުމާއި އިނިޝިއަލްގެ މަރާމާތުގެ މަސައްކަތާއި ބުރިޖު ބެލެހެއްޓުމުގެ (މެއިންޓެނަންސް) މަސައްކަތް ދިރާސާކުރުމަށް އެސެސްމަންޓުތައް ހެދުމާއި ރިކޯޑު ބަލަހައްޓާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.
"އެއްބަސްވުމުގެ ދަށުން މެއިންޓެނަންސް މަސައްކަތްތައް ކުރުމަށް ދިވެހި ގާބިލު ޓެކްނިޝަނުން އުފެއްދުން ހިމެނޭ،" އެ ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.
އެ މަސައްކަތް ކުރިންވެސް ކުރަމުން ދިޔައީ ޗައިނާގެ ސީސީސީސީ ކުންފުނިންނެވެ. އެގޮތުން 2018 އިން 2020 ވަނަ އަހަރުގެ ނިޔަލަށް އެ މަސައްކަތްކުރީ ސީސީސީސީންނެވެ. ޗައިނާގެ ހިލޭ އެހީ އަދި ލޯނުގެ ދަށުން 200 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރި އެ ބުރިޖު ބޭނުންކުރަން ފެށީ 2018 ވަނަ އަހަރުއެވެ.
އޭގެ ފަހުން މިދިޔަ އަހަރުގެ ފަހުކޮޅު ވަގުތީގޮތުން ސްޓެލްކޯ އިން ވެސް ބުރިޖުގެ މަރާމާތުގެ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ނަމަވެސް ސްޓެލްކޯ އިން މަރާމާތުކުރުމާ ހަވާލުވެފައިވަނީ ބުރިޖަށް އަރާއިރު ހުންނަ ގިޑިގެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު