ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ބާއްވާ އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގުގެ ސެމީ ފައިނަލް ފުރަތަމަ ޖާގަތައް ދަ ގްރާންޑޭއާއި އެންމެފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސްއިން ހޯދައިފިއެވެ.
ދަ ގްރާންޑޭއިން ގްރޫޕް ބީގައި އިއްޔެ ކުޅުނު މެޗުގައި ލެގޫންސް ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ގްރޫޕް އޭއިން ހުޅުމާލެ ވެޓެރަންސް ސެމީ ޔަގީންކުރީ އިއްޔެ ނޫން ކުރީ ދުވަހު ކުޅުނު ފޯރިގަދަ މެޗުގައި 2-1 އިން ހުއްރިއްޔާ ވެޓެރަންސް ބަލިކޮށްފައެވެ.
ހުޅުމާލެ ވެޓެރަންސްއާއި ހުއްރިއްޔާ ވެޓެރަންސް ހޯމަ ދުވަހު ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޖެހީ ހުއްރިއްޔާއިންނެވެ. ހުއްރިއްޔާގެ ގޯލު ޖަހައިދިނީ މައުސޫމް އަބްދުލްޣަފޫރު (މާސޭ)އެވެ. އެ ގޯލާއެކު ހުއްރިއްޔާ ލީޑު ނެގި ނަމަވެސް، ފަހަތުން އަރައި ހުޅުމާލެ ވެޓެރަންސް ވަނީ ދެ ގޯލު ޖަހައިފައެވެ. އެ ގޯލުތައް ޖެހީ އަހުމަދު މުހައްމަދާއި ހުސައިން ޝިމާޒެވެ.
މެޗުގެ ފަހުވަގުތު ހޫނުވެގެން ދިޔަ އިރު، އާދަމް ލަރީފް (ރޮނާ) އަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. އެ ރަތްކާޑާއެކު ރޮނާ ވަނީ މެޗުގެ ރެފްރީއަށް ހަމަލާދޭންވެސް މަސައްކަތް ކޮށްފައެވެ.
އިއްޔެ ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު މެޗުގައި ދަ ގްރާންޑޭއިން ފުރަތަމަ ތިން ގޯލު ޖެހި އިރު، އެ ގޯލުތައް ޖެހީ އަހުމަދު ޝަކީބާއި ސައުދު އިސްމާއީލެވެ. ޝަކީބު ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. ލެގޫންސްގެ ހަމައެކަނި ގޯލު، ހުސައިން ރަޝީދު ޖެހި އިރު، ދަ ގްރާންޑޭގެ ހަތަރުވަނަ ގޯލު ޖެހީ ހަސަން ޝަރީފެވެ.
މި ފަހަރުގެ ވެޓެރަންސް ލީގުގެ ގްރޫޕް އޭގައި ހިމެނެނީ ހުޅުމާލެ ވެޓެރަންސް ކްލަބުގެ އިތުރުން ވިިލިމާލެ ޔުނައިޓެޑާއި ޕޮލިސް ކްލަބް، ހުއްރިއްޔާ (ހުރާ) އަދި ދިވެހި ސިފައިންގެ ކްލަބެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި އެމްއެސް މޭޓްސް، މުއިވެޔޮގެ އިތުރުން ލެގޫންސް ސްޕޯޓްސް ކްލަބް އަދި ކްލަބް ސްޓެލްކޯއެވެ.
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް