ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގެ މެއިލް ބޮކްސްތަކަށް ކްރިސްޓިއަން ދީނާ ގުޅޭ ލިޔުންތަކެއް ފެންނަ ލިންކުތައް ލިޔެފައި ހުންނަ ކާޑުތަކެއް އެޅި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މައްސަލައިގައި ހައްޔަރުކޮށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައިވަނީ ޖަރުމަނަށް ނިސްވަތްވާ ދެ އަންހެނުން ކަމަށެވެ. އެ މީހުން ރާއްޖެ އައިސްފައިވަނީ ޓޫރިސްޓް ވިސާގައި ކަމަށްވެސް ބުންޏެވެ.

އެ ދެ އަންހެނުން އެޅި ބިޒްނަސް ކާޑުތަކުގައި ކްރިސްޓިއަން ދީނާ ގުޅޭ ފިލްމުތަކެއްގެ ލިންކާއި ކްރިސްޓިއަން ދީނާ ގުޅޭ ވެބްސައިޓްތަކުގެ ލިންކުތައްވެސް ލިޔެފައިވެއެވެ.