ޗައިނާގެ ޝީޒަން އޮޓޮނޮމަސް ރީޖަންއިން ރާއްޖެއަށް ހަދިޔާކުރި، 1،500 ޓަނުގެ ބޯފެން މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޝީޒަން އޮޓޮނޮމަސް ރީޖަންގެ ޗެއާމަން ޖިން ހައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެ ވަޑައިގެން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފައި ކަމަށެވެ. އެ ބައްދަލުވުމުގައި ޖިން ހައި ވަނީ، ރާއްޖެއަށް 1،500 ޓަނުގެ ބޯފެން ހަދިޔާ ކުރެއްވުމަށް ނިންމެވިކަން ހާމަކުރައްވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ 1،500 ޓަނުގެ ބޯފެން މިއަދު ރާއްޖެއަށް ލިބިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
"ސަރުކާރުން ނިންމާފައި ވަނީ، މި ފެން ބޭނުންކުރާނީ ރާއްޖޭގެ ރަށްރަށަށް ފެނުގެ ދަތިތަކަން ދިމާވާ ހާލަތުގައި އެ ރަށްރަށަށް އެހީގެ ގޮތުގައި ފޯރިކޮށްދިނުމަށް،" ފޮރިން މިނިސްޓްރީން ބުންޏެވެ.
ޗާއިނާއިން ރާއްޖެއަށް ހަދިޔާކުރީ "ޓިބެޓް 5100" ބްރޭންޑުގެ ފެނެވެ. އެ ފެނަކީ ޓިބެޓުގެ ފަރުބަދަމަތީ ގަނޑުފެނުން އުފައްދާ ފެނެވެ.
ޚަބަރު
ޚަބަރު
ޚަބަރު