މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އިތުރު ފުރުސަތެއް ހޯދުމަށް މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ޗެކްމާކް އަހުމަދު ރަޝީދު ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަންނަން އެ ކޯޓުގެ ރަޖިސްޓްރާ ނިންމައިފިއެވެ.
ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުގައި ބަޔާންކޮށްފައިވަނީ ހައި ކޯޓަށް އެ މައްސަލަ ބެލިދާނެ ކަމަށް ނުފެންނަ ކަމަށާއި ސަބަބަކީ އިންތިހާބުގައި ކުރިމަތިލުމަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅޭ ގޮތުން ކޮމިޝަނުން ނިންމާ ނިންމުމާ ބެހޭ މައްސަލަ ހުށަހަޅަން ޖެހެނީ ސުޕްރީމް ކޯޓަށް ކަމަށްވުމުން ކަމަށެވެ.
ރަޝީދު ވަނީ ހިތަދޫ މެދު ދާއިރާއަށް ވާދަކުރެއްވުމުގެ ގޮތުން ދަ ޑިމޮކްރެޓްސްގެ ފަރާތުން ނަން ހުށަހަޅުއްވައިފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ ނަން އަނބުރާ ގެންދެވައިފައެވެ.
އޭނާ "ވަން" އަށް ވިދާޅުވެފައިވަނީ ނަން އަނބުރާ ގެންދެވީ "މިވަގުތު އެކަމައިގެން ކުރިއަށްދާން ބޭނުން ނުވާތީ" ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެ.
މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 21 ވަނަ ދުވަހުގައެވެ. މަޖިލިސް އިންތިހާބުގައި 284،897 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު