ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ބާއްވާ އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގުގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް ބީގެ މެޗުގައި މުއިވެޔޮ ފްރެންޑްސްއިން މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސް މޭޓްސް) ބަލިކޮށްފިއެވެ.
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ)ގެ ކެޕްޓަންކަމުގައި ކުޅެމުންދާ މުއިވެޔޮއިން ވަނީ މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައެވެ. ބަލިވީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުންނެވެ. މުއިވެޔޮއަށް ބާކީ ދެން އޮތީ ސްޓެލްކޯއާ ބައްދަލުކުރާ މެޗެވެ.
ގްރޫޕް ބީގައި ދަ ގްރާންޑޭއާއި މުއިވެޔޮ ވަނީ ހަޕޮއިންޓް ހޯދައިފައެވެ. ދަ ގްރާންޑޭއިން ދެމެޗު ކުޅުނުއިރު، މުއިވެޔޮއިން ވަނީ ތިން މެޗު ކުޅެފައެވެ. ސޮކަ މޭޓްސްއިން ވަނީ ތިން މެޗު ކުޅެގެން ތިން ޕޮއިންޓް ހޯދައިފައެވެ. ސޮކަ މޭޓްސް ވަނީ ދަ ގްރާންޑޭއާއި މުއިވެޔޮ އަތުން ބަލިވެފައެވެ. މޮޅުވީ، ސްޓެލްކޯ އަތުންނެވެ. ސްޓެލްކޯއާއި ލެގޫންސް ވަނީ ޕޮއިންޓެއް ހޯދައިފައެވެ.
އިއްޔެ ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު މެޗުގެ ކުރީކޮޅުގައި މުއިވެޔޮ ވަނީ ދެ ގޯލު ޖަހައިފައެވެ. އަބްދުﷲ ސުޖާއު ދެ ގޯލު ޖަހައި މުއިވެޔޮއަށް ލީޑު ނަގައި، ލީޑު ފުޅާވެސް ކޮށްދިން އިރު، އެމްއެސް މޭޓްސްއިން ގޯލަކަށް ކުރި މަސައްކަތް ކާމިޔާބުވީ ދެވަނަ ހާފުގައެވެ. މެޗުގެ 54 ވަނަ މިނެޓުގައި ގޯލު ޖަހައިދިނީ އަހުމަދު ނިޝާނެވެ.
މި ފަހަރުގެ ވެޓެރަންސް ލީގުގެ ގްރޫޕް އޭގައި ހިމެނެނީ ހުޅުމާލެ ވެޓެރަންސް ކްލަބުގެ އިތުރުން ވިިލިމާލެ ޔުނައިޓެޑާއި ޕޮލިސް ކްލަބް، ހުއްރިއްޔާ (ހުރާ) އަދި ދިވެހި ސިފައިންގެ ކްލަބެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި އެމްއެސް މޭޓްސް، މުއިވެޔޮގެ އިތުރުން ލެގޫންސް ސްޕޯޓްސް ކްލަބް އަދި ކްލަބް ސްޓެލްކޯއެވެ.
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް