ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ބާއްވާ އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގުގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް އޭގެ މެޗުގައި ޕޮލިސް ކްލަބުން ފަސޭހަ ކަމާއެކު ވިލިމާލެ ޔުނައިޓެޑް ބަލިކޮށްފިއެވެ.
އިއްޔެ ހެންވޭރު ދަނޑުގައި ކުޅުނު މެޗުގައި، ޕޮލިސް ކްލަބުން 5-0 އިން ވިލިމާލެ ޔުނައިޓެޑް ބަލިކުރި އިރު، އެ ނަތީޖާ އާއެކު ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް ބަލިވެ ވިލިމާލެ ވަނީ މުބާރާތުން ކަޓައިފައެވެ. އިއްޔެގެ މެޗުގެ ކުރިން ފުރަތަމަ މެޗުން ހުޅުމާލެ ވެޓެރަންސް އަތުން ވިލިމާލެ ޔުނައިޓެޑް ބަލިވީ 7-0 އިންނެވެ. ދެވަނަ މެޗުގައި ވިލިމާލެ ޔުނައިޓެޑް ވަނީ ދިވެހި ސިފައިންގެ ކްލަބް އަތުން 5-0 އިން ބަލިވެފައެވެ.
އިއްޔެގެ މެޗުގެ ފުރަތަމަ ހާފުގައި ޕޮލިހަށް ލީޑު ނަގައިދިނީ 14 ވަނަ މިނިޓުގައި މުހައްމަދު ނާފިއުއެވެ. އޭގެ ތިން މިނެޓު ފަހުން، ޕޮލިހުގެ އަހުމަދު ސައީދު ވަނީ ގޯލެއް ޖަހައި ލީޑު ފުޅާކޮށްދީފައެވެ.
ދެވަނަ ހާފަށް ނުކުމެ، ޕޮލިހުން އިތުރު ގޯލުތަކެއް ޖެހި އިރު، އެ ހާފުގައި ޖެހި ފުރަތަމަ ގޯލުވެސް ޖަހައި ދިނީ ނާފިއުއެވެ. އޭގެ ފަހުން އަހުމަދު ސައީދާއި ހުސެއިން ސިފާޒް ޕޮލިހަށް ގޯލުތައް ޖަހައިދީ ބޮޑު މޮޅެއް ޔަގީން ކޮށްދިނެވެ.
މި ފަހަރުގެ ވެޓެރަންސް ލީގުގެ ގްރޫޕް އޭގައި ހިމެނެނީ ހުޅުމާލެ ވެޓެރަންސް ކްލަބުގެ އިތުރުން ވިިލިމާލެ ޔުނައިޓެޑާއި ޕޮލިސް ކްލަބް، ހުއްރިއްޔާ (ހުރާ) އަދި ދިވެހި ސިފައިންގެ ކްލަބެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި އެމްއެސް މޭޓްސް، މުއިވެޔޮގެ އިތުރުން ލެގޫންސް ސްޕޯޓްސް ކްލަބް އަދި ކްލަބް ސްޓެލްކޯއެވެ.
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް