ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ބާއްވާ އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި، ދަ ގްރާންޑޭއިން ފަހުވަގުތު މުއިވެޔޮ ބަލިކޮށްފިއެވެ.
މިދިޔަ އަހަރުގެ ރަނަރަޕް، ކ. މާފުށްޓަށް ނިސްބަތްވާ ދަ ގްރާންޑޭ އިން ވަނީ ފުރަތަމަ މެޗުގައި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސް މޭޓްސް) ބަލިކޮށްފައެވެ. އެޓީމުން އިއްޔެ ކުޅުނު ދެވަނަ މެޗުގައި މުއިވެޔޮ އަތުން މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ދަ ގްރާންޑޭއިންނެވެ. އެޓީމުގެ ހޫދު ނިޒާރު ޖެހި ގޯލުން ލީޑު ނެގި ނަމަވެސް، މުއިވެޔޮ ވަނީ ފަހަތުން އަރައި ލީޑު ނަގައިފައެވެ. ނައިބު ރައީސް ހުސެން މުހައްމަދު ލަތީފްގެ ކެޕްޓަން ކަމުގެ ދަށުން ކުޅެމުންދާ މުއިވެޔޮއިން ދެވަނަ ހާފުގައި ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލި އިރު، ދެމިނެޓް ތެރޭގައި އެ ދެގޯލު ޖެހީ އަބްދުﷲ ޝުޖާއު އާއި އަހުމަދު ސައީދެވެ.
އެ ދެގޯލުން މުއިވެޔޮ މޮޅުވާން ދަނިކޮށް، މެޗު ނިމެން ފަސް މިނެޓް އޮއްވާ އިބްރާހީމް ޒައީމް ދަ ގްރާންޑޭއަށް އެއްވަރު ކޮށްދިނެވެ. އަދި އިތުރު ވަގުތުގެ ތެރޭގައި ގޯލު ޖަހައި، އިބްރާހީމް ޒައީމް ވަނީ ދަ ގްރާންޑޭ މޮޅުވެސް ކޮށްދީފައެވެ.
މި ފަހަރުގެ ވެޓެރަންސް ލީގުގެ ގްރޫޕް އޭގައި ހިމެނެނީ ހުޅުމާލެ ވެޓެރަންސް ކްލަބުގެ އިތުރުން ވިިލިމާލެ ޔުނައިޓެޑާއި ޕޮލިސް ކްލަބް، ހުއްރިއްޔާ (ހުރާ) އަދި ދިވެހި ސިފައިންގެ ކްލަބެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި އެމްއެސް މޭޓްސް، މުއިވެޔޮގެ އިތުރުން ލެގޫންސް ސްޕޯޓްސް ކްލަބް އަދި ކްލަބް ސްޓެލްކޯއެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރަނީ، ހުއްރިއްޔާ (ހުރާ) އާއި ދިވެހި ސިފައިންގެ ކްލަބް އެވެ. މެޗު ފަށާނީ 16:30 ގައެވެ.
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް