ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގައި ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ އަލީ ޒުބެއިރު 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ 12 ޑިސެމްބަރު 2021 ގައި މާލޭ ބޮޑުތަކުރުފާނު މަގު މެރީ ބްރައުން ކައިރިން ޓެކްސީއެއްގައި މަސްތުވާތަކެތި ހިފައިގެން ދާކަމަށް ފުލުހުންގެ އިންޓެލިޖެންސްއިން ދިން މައުލޫމާތަކާ ގުޅިގެން، ޓެކްސީ ހުއްޓުވައި އެވަގުތު އޭގައި ތިބި އަލީ ޒުބެއިރުގެ އިތުރުން ގދ. ހޯޑެއްދޫ އިރުމަތީގެ އަހްމަދު ސުނައިނާއި އަލޯރާ އަހްމަދު މުޖާހިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސް ޓެކްސީ ބަލައި ފާސްކުރި އިރު އޭގެ ޑިކީގައި އޮތް ލަގެޖަކާއި ދަބަހަކާއި މަސްތުވާތަކެތި ފެނުނު މައްސަލައެކެވެ. މީގެ އިތުރުން އެމީހުން ދިރިއުޅުނު ތަނުންނާއި ގެންގުޅުނު ސައިކަލުން މަސްތުވާތަކެތި ފެނުނުކަމަށް ދައުވާގައި ބުނެފައިވެއެވެ.
މި މައްސަލައިގައި މި ތިން މީހުންގެ މައްޗަށްވެސް ދައުލަތުން ކޮށްފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ.
ނަމަވެސް ކުރިމިނަލް ކޯޓުން ބެލި މި މައްސަލައިގައި، ސުނައިނު އާއި މުޖާޙިދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ގާނޫނު އަސާސީގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރިއަތަށް ސާބިތު ނުވާ ކަމަށް ކަނޑައަޅާ ކަމަށްވެސް ހުކުމްގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު