ތިލަފުށިން ސިނާއީ ބޭނުމަށް 108 ބިން ވިއްކާލަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
އެޗްޑީސީން މިއަދުކުރި އިއުލާނެއްގައި ބުނީ އެ ބިންތަކަކީ ޒޯން އޭގެ އޭރިއާގެ ބީ ގައިވާ ނުވިކި ހުރި ބިންތައް ކަމަށެވެ. އެ ބިންތަކުގެ ތެރޭގައި ހިމެނެނީ 2،500-4،999 އަކަފޫޓުގެ 64 ބިމާއި 5،000-9،999 އަކަފޫޓުގެ 42 ބިމާއި 10،000-14،999 އަކަފޫޓުގެ ދެ ބިމެވެ.
- ބީލަން ހުށަހެޅޭ އެންމެދަށް އަގަކީ އަކަފޫޓަކަށް 1،700 ރުފިޔާ
ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅަންޖެހެނީ އެޗްޑީސީގެ ވެބްސައިޓްގައި އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ.
އެޗްޑީސީން ބުނީ، ތިލަފުށިން ބިން ވިއްކާނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ޝައުގުވެރިވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަންޖެހޭއިރު ދެވަނަ މަރުހަލާގައި ޖެހޭނީ އީއޯއައި ހުށަހަޅާފައިވާ ބިމަށް ބިޑްކުރަންށެވެ. އެގޮތަށް އެންމެ މަތިން ބިޑްކުރާ ފަރާތަކަށް ބިން ލިބިގެންދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު