ރާއްޖޭގެ އެއްވެސް ސްކޫލަކަށް ޓީޗަރުން ލިބުމުގެ ދަތިކަމެއް ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިހާރު ވެރިކަމުގައި އޮތް ޕީޕީއެމް/ޕީއެންސީ ކޯލީޝަން އިދިކޮޅު ފަރާތްތަކުގެ ގޮތުގައި އޮތްއިރު ހިންގި "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅިނެ، ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭން ތިބި ގިނަ އަދަދެއްގެ ޓީޗަރުން ރާއްޖެއިން ފުރައިގެން ގޮސްފައިވާކަން ފާހަގަ ކުރެވޭތީ، އެކަމުގެ ސަބަބުން ސްކޫލްތަކަށް ޓީޗަރުން ހަމަވުމުގައި ދަތިތައް ދިނާވޭތޯ، ރައްޔިތުންގެ މަޖިލީހުގެ މިއަދު ގެ ޖަލްސާގައި މެންބަރަކު މިނިސްޓަރާ ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެފަދަ ދައްޗެއް ކުރިމަތި ނުވާ ކަމަށެވެ.

ކަމަކާ ގުޅިގެން ޓީޗަރަކު ވަޒީފާއިން އިސްތިއުފާ ދެއްވިޔަސް ބަދަލު ޓީޗަރެއް ލުމަށް ހޭދަވާނީ ހަފްތާއެއްހާ ދުވަހުގެ މުއްދަތެއް ކަަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ

މިނިސްޓަރު ވިދާޅުވީ އެއްވެސް ސްކޫލަކު ޓީޗަރުންގެ ދަތިކަމެއް ނެތް ކަމަށާއި، ޓީޗަރުން ހަމަނުވުމުގެ މައްސަލައެއްވެސް ދިމާނުވާ ކަމަށެވެ.