މާލޭގެ ދެ މިސްކިތެއްގެ އަންހެނުން ވުޟޫކުރާ ބައިގެ ތަކެއްޗަށް ގެއްލުންދީފިއެވެ.
މާލެ ސިޓީ ކައުންސިލުގެ އިންފޮމޭޝަން އޮފިސަރު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާ ތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށް ގެއްލުންދީ ހަލާކުކޮށްލާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަލާކުކޮށްލި އިސްކުރުތައް މަރާމާތުކުރުމުގެ މަސައްކަތް މިރޭ ކުރިއަށް ގެންދާނެ ކަމަށެވެ.
"މިފަދަ ނާތަހުޒީބީ އަމަލުތައް ހުއްޓުވުމަށް އެންމެންގެ އެހީތެރިކަން ބޭނުންވޭ. މިފަދަ ގޯސް އަމަލުތައް ނުކުރާ ބަޔަކު ކަމުގައި އަޅަމެން ލައްވާށި،" އާޒިމް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު