ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ބާއްވާ އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގުގެ ގްރޫޕް އޭގައި ދިވެހި ސިފައިންގެ ކްލަބުން ކުޅުނު ފުރަތަމަ މެޗުގައި މިއަދު ވިލިމާލެ ޔުނައިޓެޑް ބަލިކޮށްފިއެވެ.
މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު މެޗުގައި ސިފައިންގެ ކްލަބުން ވިލިމާލެ ޔުނައިޓެޑް ބަލިކުރީ 6-0ގެ ނަތީޖާއަކުންނެވެ. ވިލިމާލެ ޔުނައިޓެޑުން ފުރަތަމަ ކުޅުނު މެޗުގައިވެސް ބަލިވެފައި އޮވެގެން މިއަދުގެ މެޗަށް ނުކުތް އިރު، އެ ޓީމު ކޮޅަށް މިއަދު ގޯލުތައް ވަނީ ފަހު ވަގުތުގައެވެ.
ފުރަތަމަ ހާފުގައިވެސް ސިފައިން ކްލަބުން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، ގޯލުތައް ފެނުނީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ސިފައިންގެ ކްލަބުން ފުލުފުލުގައި ތިން ގޯލެއް ޖެހި އިރު، އޭގެ ތެރެއިން ފުރަތަމަ ގޯލު، އިބްރާހީމް މުހައްމަދު ޖެހީ ޕެނަލްޓީއެއްގައެވެ. އޭގެ މިނެޓެއް ފަހުން އަލީ ހިޝާމް ގޯލެއް ޖެހި އިރު، އަނެއް ގޯލު ޖެހީ އަހުމަދު ޝާމިންއެވެ.
އޭގެފަހުން ރަނގަޅަށް ކުޅެމުންދިޔަ ސިފައިންގެ ކްލަބުގެ އަނެއް ގޯލުތައް ޖެހީ އަހުމަދު ރަޝީދާއި ޝާމިންނެވެ. ޝާމިންއާއި އަހުމަދު ރަޝީދު މެޗުގައި ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހިއެވެ.
މި ފަހަރުގެ ވެޓެރަންސް ލީގުގެ ގްރޫޕް އޭގައި ހިމެނެނީ ހުޅުމާލެ ވެޓެރަންސް ކްލަބުގެ އިތުރުން ވިިލިމާލެ ޔުނައިޓެޑާއި ޕޮލިސް ކްލަބް، ހުއްރިއްޔާ (ހުރާ) އަދި ދިވެހި ސިފައިންގެ ކްލަބެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި އެމްއެސް މޭޓްސް، މުއިވެޔޮގެ އިތުރުން ލެގޫންސް ސްޕޯޓްސް ކްލަބް އަދި ކްލަބް ސްޓެލްކޯއެވެ.
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް