މޯލްޑިވްސް އިސްލާމިކް ބޭންކުގައި މީހަކު ހުޅުވާފައިވާ އެކައުންޓަކުން 1.8 މިލިއަން ރުފިޔާ ނެގި މައްސަލައެއްގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ވަނީ 16 އަހަރުގެ ކުޑަ ކުއްޖަކާއި 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ އަންހެނެއް ހައްޔަރުކޮށްފައެވެ. އެނގިފައިވާ ގޮތުގައި އެ ކުޑަކުއްޖާއަކީ، މި ހާދިސާގައި ގެއްލުން ލިބުނު ފިރިހެން މީހާއާ އާއިލީ ގުޅުން އޮންނަ ކުއްޖެކެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ އެކަމުގެ ތަހުގީގު އެއްކޮށް ފުރިހަމަކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވާ ކަމަށް ބުނެފައެވެ.
"މި މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ކުރުމަށްޓަކައި, ކުޑަކުއްޖަކު ވެސް ހިމެނޭ ގޮތަށް ދައުވާ ކުރުމަށްޓަކައި ޕްރޮސެކިިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ވާނީ ފޮނުވާފައި," ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ ވަގަށް ނެގި ފައިސާއިން މުދަލާއި ފައިސާ ހިމެނޭ ގޮތަށް 1.6 މިލިއަން ރުފިޔާ އަނބުރާ ހޯދައިދެވިފައިވާ ކަމަށް ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު